ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބް މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ. ޝަހީބް ވިދާޅުވީ އެ ނިންމުން އަންނަ އަހަރުގެ ރޯދަމަހުން ފެށިގެން ތަންފީޒު ކުރަމުން ގެންދާނެ ކަމަށެވެ.
"އިސްލާމީ އުސޫލުތައް ގާއިމް ކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުން،" ކެބިނެޓުން ނިންމި ނިންމުން އިއުލާން ކުރައްވަމުން ތަރުޖަމާން ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ބ. އޭދަފުށީގައި (30 އޮގަސްޓު 2023) ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވައުދުވެވަޑައިގެންނެވި ކަމެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ