ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ނުވަތަ އިގުތިސާދީ ސަރައްހައްދުގައި އެންމެ ކުޑަކޮށް އިންވެސްޓްކުރެވޭ މިންވަރު 100 މިލިއަން ޑޮލަރަށް ދަށްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގައި ބުނެފައި ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރު 150 މިލިއަން ޑޮލަރުން 100 މިލިއަށް ޑޮލަރަށް ދަށްކޮށްފައިވާ ކަމަށެވެ.

ކުރީގެ އެ އަދަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޖެނުއަރީ 31، 2018 ގައި ނެރުއްވި ގަރާރަކުން ކަނޑައަޅާފައި އޮތް އަދަދެކެވެ. ނަމަވެސް އެ ގަރާރު މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

ގަރާރަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ގޮތުގައި ކުރިން ހިމަނާފައިވާ ކަންކަމުގެ ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ހިމަނައި "ގޭސް އެކްސްޕްލޮރޭޝަން" ނުވަތަ ތެޔޮ ހޯދުން)އަދި އިއާދަކުރަނިވި ހަކަތަ ވަނީ ވަކިކޮށްފަ އެވެ.

އެސްއީޒެޑްގައި ހިންގޭނެ މަޝްރޫއުތަކުގެ ތެރޭގައި އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތްތަކުގެ މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން އަދި ޑޮކިން ސާވިސަސް އާއ ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމެންޓް ފެސިލިޓީތައް ހިންގުމާއި ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، (އައިސީޓީ ޕާކް) އައިސީޓީއާ ގުޅޭ ފެސލިޓީތައް ގާއިމުކުރުމާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް ހެދުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އާއި ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާއްމުކުރުމަށް ހިންގޭ މަޝްރޫއުތައް ހިންގުމާއިފުޑް ސެކިއުރިޓީ އަދި ތެޔޮ ހޯދުން ހިމެނެ އެވެ.