މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިމަހުގެ 14ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 25 އަހަރުގެ މީހަކާއި 26 އަދި 27 އަހަރުގެ މީހެކެވެ. އެ ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް އެ ތިން މީހުން ގެންދިއުމުން 25 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި 26 އަހަރާއި 27 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ