ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހު 26 އަދި 27 ގައި ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
މަޖިލިސް ޕްރައިމަރީއާ ގުޅޭ ގޮތުން، އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ މްބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމުގެ ފުރުޞަތު، މިއަދުން ފެށިގެން މި މަހުގެ 25 ވާ ހޯމަ ދުވަހުގެ ހަވީރު 04:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އިބުރޭ ވިދާޅުވީ މަޖިލިސް ޕްރައިމަރީ ދެ ދުވަހަކަށް ބަހާލައިގެން ބާއްވަން ނިންމީ އެއް ދުވަހެއްގެ ތެރޭގައި ހުރިހާ ދާއިރާއެއްގެ ޕްރައިމަރީ ނިންމާނުލެވިދާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެގޮތުން ދެ ދުވަހަކަށް ބަހާލައިގެން އެކި ދާއިރާތަކުގެ ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އޮންލައިންކޮށެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުތު:
- - އެމް.ޑީ.ޕީގެ މެމްބަރެއް ކަމުގައިވުން
- ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުޠުތައް
ކުރިމަތިލާ ފަރާތްތަކުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށް ފުރިހަމަކޮށް، ހުށަހަޅަންޖެހެއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހު 20ގައެވެ. އެ ޕްރައިމަރީގައި އެމްޑީއޭ އާއި އެމްއެންޕީގެ ކެންޑިޑޭޓުން ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ