އަންނަ ޖެނުއަރީ މަހު ހުޅުމާލޭގައި ތަރައްގީ ކުރާ ވަގުފް މަޝްރޫއު ނިމުމުން، ފަރުޟު ހައްޖު އަދާ ކުރުމަށް ދައުލަތުގެ ފަރާތުން ފަގީރުންނާއި މިސްކީނުން ފޮނުވޭވަރު ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ނަމުގައި މިއަދު ފެށި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ މަހު ފަށާ ވަގުފް މަޝްރޫއު އަކީ މިހާތަނަށް ރާއްޖޭގައި ފަށާ އެންމެ ބޮޑު ވަގުފް މަޝްރޫއު ކަމަށެވެ. އެގޮތުން އެ މަޝްރޫއު އަކީ 200 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"އެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު އިރާދަކުރެއްވިއްޔާ ނިމިގެން އޭގެ ފައިދާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބިގެން ދާއިރުގައި ރާއްޖޭގެ ފަގީރުންނާއި މިސްކީނުން ދާއިމީ ގޮތެއްގައި ހައްޖަށް ދެވޭނެ މަގު ފަހިވެގެން ދާނެ. ފަރުޟު ހައްޖު އަދާކުރަން ބޭނުންވާ ކޮންމެ ފަގީރު ރައްޔިތަކަށް ދައުލަތުން އެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމްގެ ވާހަކަފުޅުގައި މިނިސްޓްރީގެ ވިސްނުމަކީ ކުރިޔަށް ތިން އަހަރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ވަގުފް ޕްރޮޕަޓީއެއް ގާއިމް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފަދަ ތަންތަން ގާއިމް ކުރުމަށް ބޭންކުތަކާއެކު މަޝްވަރާ ކުރަމުން ވެސް އަންނަ ކަމަށެވެ.
"އަތޮޅު ތެރޭ އިސްލާމީ އަދި އިޖުތިމާއީ ކަންކަން ގާއިމް ކުރުމަށް ފައިސާއެއް ނެތް. މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ފައިސާއެއް ނެތް،" އަތޮޅު ތެރޭގައި ވަގުފް އިމާރާތްތައް ހުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓްރީއަށް މީނަލާފައި އިސްލާމިކް މިނިސްޓްރީއަށް އެހެން މީހަކު ލާން ފެނެއެވެ. މިފެންނަނީ އަބަދުވެސް ފައިސާގަޑެއްގެ ފަހަތުން އުޅޭތަނެވެ.
ހަސީނާއިސްލާމިކް މިނިސްޓްރީއަށް އެހެން މީހަކު ލާފައި އިކޮނޮމިކް އެންޑް ޓްރޭޑް މީނައާއި ހަވާލު ކުރަން ފެނެއެވެ. މިފެންނަނީ އަބަދުވެސް ފައިސާގަޑެއް ހޯދުމުގެ ކަންތަކުގައެވެ.
ހަސީނާ