އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކުރިން އޮތީ 49.5 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ޖަލްސާ އިން ފާސްކުރި ބަޖެޓަކީ 49.8 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމެޓީން ވަނީ އިތުރު 300 މިލިއަން އިތުރު ކޮށްދީފައެވެ. މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް ފާސްކުރެވިގެން ދިޔަ އެންމެ ބޮޑު ބަޖެޓެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްވެގެން ދިޔައީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރުގެ ބަޖެޓުން 8.9 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވެސް ނިންމާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ