ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިޔަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޕީއެލް އިން ބުނީ އެ ޕްރޮގްރާމަށްގައި ބައިވެރިވުމުގެ ފުރުސަތު މި ހިނގާ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޑިސެންބަރުން އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ދަރިވަރުން ތަމްރީނު ހޯދުމަށް ކަނޑައަޅާފައިވާ ދާޢިރާތަކަކީ:
- އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް – މެރިން ސެކްޝަން (2 ޖާގަ)
- ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ – މެޝީން ޝޮޕް (2 ޖާގަ)
- ކާޕެންޓްރީ (2 ޖާގަ)
- ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
- އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް – އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކް (2 ޖާގަ)
- ގްރެފިކް ޑިޒައިނިން (1 ޖާގަ)
- ކޮޕީ ރައިޓިން (1 ޖާގަ)
- ސިވިލް އިންޖިނިއަރިން / ސާރވޭއިން (1 ޖާގަ)
- އާކިޓެކްޗަރަލް ޑްރާފްޓިން (1 ޖާގަ)
އެ ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެއެވެ. މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުންނެވެ.
އެމްޕީއެލް އިން ބުނީ އެ ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރި ކުރުމާއި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ