މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އަދި ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ އާދަމް ޢާޒިމެވެ. އަދި މެދު ހެންވޭރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރައްވަނީ ހ. ވޭމައުތު، އަޙްމަދު ރިޝްވާން ރަޝީދުއެވެ. މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާއަށް އެ ޕާޓީން ވާދަ ކުރައްވާނީ ހ. ތަރަބޫޒުގެ ޙައްވާ ނިޙްލާއެވެ. މާފަންނު ދެކުނު ދާއިރާއަށް އެމްޑިޕީން ވާދަ ކުރައްވާނީ މ. ފަޅުމަތީގެ އަޙްމަދު ޢިމްރާނެވެ.
އެމްޑީޕީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ފޯމު ހުށަހަޅުއްވައިފައެވެ. އެ ފޯމުތަކާއި ހަވާލުވެވަޑައިގަތީ ކޮމިޝަނުގެ މެންބަރުންނެވެ.
މާލެ ސިޓީ ކައުންސިލް ބައި-އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ