ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމައިފިއެވެ.
ކެބިނެޓުގައި މިއަދު ނިންމި މުހިއްމު ބައެއް ނިންމުންތަކުގެ ތަފްސީލު ހިއްސާ ކުރުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޓާ ސެކަރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ގާއިމް ކުރުމަށް ނިންމާފައި ވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ނިންމުން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖެއާ ތުރުކީއާ ދެމެދު އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި އަދި ދެގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ.
ފިރުޒުލް ވިދާޅުވީ އެ އެމްބަސީގެ ސަބަބުން ދިވެހިންނަށް ކޮންސިއުލާ ސާވިސް އިތުރަށް ފުރިހަމަ ކުރެވޭނެ މަގެއް ވެސް ތަނަވަސް ވެގެން ދާނެ ކަމަށެވެ. ތުރުކީ އަކީ ދިވެހިންގެ މެދުގައި މިއަދު ފަތުރުވެރިކަމަށް ވެސް ހާއްސަ މަގުބޫލް މަންޒިލެއް ކަމަށާއި އެހެންކަމުން އެމްބަސީއެއް އެގައުމުގައި ހުޅުވިގެން ދިއުމަކީ އެގައުމަށް ދަތުރުކުރާ ދިވެހިންނަށާއި ތައުލީމު ހާސިލް ކުރުމަށް އެގައުމުގައި ތިބި ދިވެހިންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ދާދިފަހުން ތުރުކީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެގައުމުގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ.
އެގޮތުން، ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް އެ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި