ހުޅުމާލޭގައި ކުޑަ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ދައުރުވި ނަމަވެސް އެފަދަ އެއްވެސް ރިޕޯޓެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ އެފަދަ މައްސަލައެއް ހިނގާފައިވޭތޯ ބެލުމަށް އެކަންތައް ހިނގި ކަމަށް ބުނާ ސަރަހައްދު ބަލައި ހަދާފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ މަންޒަރެއް ފެނުނު މީހަކު ހުރިތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ހުރިތޯ ބެލުމަށް އެސަރަހައްދުން މީހުންނާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެފަދަ މައްސަލައެއްގައި ހޮސްޕިޓަލެއްގައި ނުވަތަ ކްލިނިކަކުން އެއްވެސް މީހަކު ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓެޖް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
އަދި އެފަދަ މައްސަލައެއްގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ 3322111 އަށް ގުޅުއްވާ ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ