ރާއްޖެއަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އިކޮނޮމިކް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސައީދުގެ ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން ރަސްމީކޮށް މަސައްކަތާއި ހަވާލުމަށްފަހުވެސް ބައްލަވަމުން އައީ ކާބޯތަކެތީގެ ޔަގީންކަން ނުވަތަ ފުޑް ސެކިއުރިޓީ ގާއިމްކުރުން ކަމަށެވެ.
ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ އަވައްޓެރި އިންޑިއާ ވަގުތީ ގޮތުން ފިޔާ އެތެރެކުރުން ހުއްޓާލުމަށް ނިންމާފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ޝިޕް ކޮށްފައިވާ ޝިޕްމަންޓުތަކާއި އަދި ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަންނަ ޖެނުއަރީ ފަސް ވަނަ ދުވަހުގެ ކުރިން ފިޔާ ބޭރު ކުރެވޭނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ