އެކުގައި މަސައްކަތް ކުރުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މަޝްވަރާ ކުރަން ފަށައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު "ހަތާވީސް" އަށް ވިދާޅުވީ އެ މަސައްކަތް އެމްޑީޕީން ކުރަނީ، ފަސް މެންބަރުންގެ ކޮމެޓީ އެއް ނަގައިގެން ކަމަށެވެ. ޖޭޕީއާއެކު ކުރާ މަޝްވަރާގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަނީ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވަނީ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއެވެ. އެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަދި ރިޔާޒު ރަޝީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޖޭޕީން ވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީއާއެކު ވެސް މަޝްވަރާ ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ