ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18ވަނަ ދުވަހާއި ހަމައަށް ދިގު ދަންމާލަން ނިންމައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ނިމިފައި ނުވާ ކަމަށެވެ. އެހެންކަމުން އަނެއްކާވެސް މަޖިލީހުގެ ދައުރު އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ.
މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިދިޔަ މަހުގެ 27ގައި ނިމެއެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ނިމިފައި ނުވާތީ، މާދަމާގެ ނިޔަލަށް ޖަލްސާތައް ދަންމާލިއެވެ.
މަޖިލީހުގައި މިވަގުތު ހުރި މައްސަލަތަކުގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓާއި ވަޒީރުންނަށް ރުހުން ދިނުން ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ