ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ފޮނުވަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނިންމައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ރަޝީދު ހައްޔަރުކުރީ ޑްރަގް ޓްރެފިކިންގެ ތުހުމަތުގަ އެވެ. އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ.
މި ތުހުމަތާ އެކު އެންއައިސީން ކުރި ތަހުގީގަށްފަހު ފުލުހުންގެ ތެރެއިން ބައެއް މީހުން ދައުވާކުރަން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް ދައުވާކުރަން ފޮނުވަނީ ކިތައް ފުލުހުންގެ މައްޗަށް ކަމެއް ސާފެއް ނުވެ އެވެ.
ރަޝީދު ހައްޔަރުކުރި އިރު އިތުރު ދެ މީހަކު ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރި އެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ