ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓީ ފުލުހުންގެ އެދުމުގެ މަތިންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބައްސާމްގެ ޕާސްޕޯޓު ހިފެހެއްޓީ ހަމަސް ދުވަހަށެވެ.
ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން އެފްއޭއެމް އަށް ދޭ ފައިސާގެ އެހީ ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުގަައި ފުލުހުން އަންނަނީ ހާއްސަ ތަހުގީގެއް ހިންގަމުންނެވެ.
މި މައްސަލަ އަކީ ޕީޖީ ހުސައިން ޝަމީމްގެ އަމުރަކަށް ތަހުގީގު ކުރާ މައްސަލައެކެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވެނީ އެފްއޭއެމްގެ ހިންގެވުމާ ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް ބެލި ބެލުންތަކުން މައްސަލައިގެ "ޕްރައިމް ސަސްޕެކްޓަކީ" އެފްްއޭއެމްގެ ރައީސް ބައްސާމް ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް