ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކި ކުރާ ނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ދިނުމަށް ދަތި ވާނެ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު މުހައްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވަނީ ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުން ގެންދާތީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.
އެ މައްސަލައަށް ބަހުސް ކުރައްވަމުން ދޮންބިލެއް ވިދާޅުވީ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި ރަށްރަށުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާތަކުން ވަކި ކުރުމަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވި ކެމްޕެއިން ޓީމުތަކުގެ ވައުދެއް ކަމަށެވެ.
ހަލީމް ވަނީ މިހާރު ތިބި މުވައްޒަފުންތައް ވަކި ކުރުމަށްފަހު ޕީޕީއެމް/ޕީއެންސީ އަށް ތާއީދު ކުރާ ފަރާތްތައް އެ މަގާމުތަކަށް ހަމަޖެއްސުމަށް މަސައްކަތް ކުރުމަށް އަންނަ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ކެބިނެޓަށް ވޯޓު ނުދީ ހުންނާކަށް، އެހެން ނަމަވެސް، މިކަހަލަ ކަންކަން ހިނގާ، އާންމު މެމްބަރުންނަށް އަނިޔާ ލިބޭ ނަމަ ބައެއް މެމްބަރުން ޖަޒުބާތުގައި ޖެހިގެން ވަޒީރުންގެ މަޖިލީހަށް ރުހުން ނުދިނީމާ މުޅި ސަރުކާރު ހުއްޓުމަކަށް އަންނާނެ،" ދޮންބިލެއް ވިދާޅުވިއެވެ.
އެ މައްސަލަ އަށް ބަހުސް ކުރައްވަމުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ މިނިސްޓަރުންނަށާއި އެހެން މަގާމްތަކަށް އަންނަ ބޭފުޅުންނަށް ރުހުން ހޯދަން ބޭނުންވާ ނަމަ ޖެހޭނީ ރައްޔިތުން ވަޒީފާތަކުގައި ބައިތިއްބަން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ