އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.
އެކްސްގައި ގާސިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
"ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ކެމްޕޭނުގައި ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވައުދުވެވަޑައިގެންފައެވެ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެ މައްސަލަ އަކީ އޭނާވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލު ހޯދުމުގެ އަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ގައުމީ މައްސަލައެއް ކަމަށެވެ.
އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުސަތު ބޮޑުވެފައި ވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ އެކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
"އަދި މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަވެސް ދަންނަވަމެވެ" ގާސިމް ވިދާޅުވިއެވެ.
ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހެދުމަށް ބިލެއް ހުށަހަޅަނީ
އަމާޒަކީ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، އުފެއްދުންތައް އިތުރުކުރުން
40 ވުރެ ގިނަ މަސްދޯނި ރައީސް އޮފީހާ ދިމާލުގައި އިހްތިޖާޖު ކުރަނީ
މަސްވެރިކަން ކުރިއެރުވުމަށް މަޝްރޫއުތައް ނިންމަންޖެހޭ: އިބޫ
ދިވެހީންގެ ދުޅަހެޔޮކަން، ބިދޭސީންގެ ދުޅަހެޔޮކަމާ ގުޅިފައިވޭ
ދެ ލޯބިވެރިންގެ މެދުގައި މާރާމާރީ ހިންގާ އެކަކަށް ވަޅިން ހަމަލާދީފި
ބަލަ ސޭޓުވެސް ތީ އިބޫސަރުކާރުން ކަނޑު ވިއްކާލިކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކި މީހެއް. ޢެހެންވީމަ ސޭޓަކީވެސް ރައްޔިތުން ނަށް ވަރަށް ހެޔޮމީހަކަށް ހެދިގެން އުޅޭމީހަކަށްވާތީ ކަނޑުހޯދަން ސޭޓުވެސް ދޭބަލަ.
އަޙުމަދު.