ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރާ އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ގެއިން ފުލުހުން ގެންދިޔަ އަގުބޮޑެތި މުދާތައް އަނބުރާ ހޯދުމަށް މަންޑޭގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
މަންޑޭ އިސްތިއުނާފު ކުރި މައްސަލާގައި ސުޕްރީމް ކޯޓުން 2021ވަނަ އަހަރު ނިންމާފައިވާ ނިންމުމެއް ބަޔާން ކޮށްފައިވާއިރު ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައި ވަނީ މަންޑޭ އިސްތިއުނާފުކުރާ އަމުރަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 51ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށާއި އެހެންކަމުން އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް 2021ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ތަތުބީގު ކުރެވޭ ގޮތެއް ސާފު ކޮށްދީފައި ނުވާ ކަމަށެވެ.
ދާދިފަހުން ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަންޑޭ އެކި ފަރާތްތަކަށް ފްލެޓުތައް ވިއްކައިގެން އޭގެއިން ލިބުނު މަންފާ އަށް އަގުބޮޑު ފްލެޓެއް ގަނެފައިވާ ކަމަށެވެ. އެ ފްލެޓުގެ އަގު 8 މިލިއަނަށް އަރާއިރު އެގެއިން ފެނުނު ގަހަނާ އާއި އަތް ދަބަހާއި ސެންޓުގެ އަގު އެކަނި ވެސް 7 މިލިއަނަށް އަރާ ކަމަށެވެ.
ޝަމީމް ވިދާޅުވީ މަންޑޭގެ ގެއިން ފެނުނު ސެންޓު ފުޅިތަކުގެ ތެރޭގައި 200 އެއްހާ ސެންޓުފުޅި އެއްވެސް ގޮތަކަށް ނުކަނޑާ ހުރި ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި