މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ހދ. ވައިކަރަދޫ ހިސާން، އަލީ އަޙްސަން އައްޔަން ކުރައްވައިފިއެވެ.
އަޙްސަން އަކީ، ދީނީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ އިލްމީ ފުންނާބު އުސް ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ ރައީސެވެ. އަދި އައިއޯސީސީ ނައިބު ރައީސްކަން ވެސް އޭނާ ވަނީ މީގެކުރިން ކުރައްވާފައެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަހްސަން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައެވެ.
މީގެއިތުރުން އޭނާ ވަނީ ޖަމިއްޔަތުއް ރަޙްމާގެ ޖެނެރަލް ސެކެޓްރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރުކަން މީގެކުރިން ކުރައްވާފައެވެ.
އަދި ދިއިސްލާމް އޮންލައިން އާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން އަހްސަން ވަނީ އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ނެރެފައިވާ ހިދާޔަތުގެ އަލި މަޖައްލާ ނެރުމާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި މާރކެޓިން އަދި މީޑިއާގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ.
އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ، ޑރ. މުހަންމަދު ޝަހީމް އަލީ ސައީދެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމްއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ