ހުސް ވެފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިންތިހާބު އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ, މާލެ ސިޓީ ކައުންސިލްގެ އިތުރުން ބައެއް އެހެން ކައުންސިލްތަކުގެ ހުސް ވެފައިވާ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން 13 ޖެނުއަރީ އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރު އިންތިހާބުގެ އިތުރުން، ރަކީދޫ ކައުންސިލަށް ހުސްވެފައިވާ މެންބަރުކަމުގެ މަގާމާއި 18 ރަށެއްގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު އެދުވަހު އޮންނާނެ ކަމަށްވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ދެ ކައުންސިލަަރެއްގެ މަގާމުވެސް ވަނީ ހުސްވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ