ސަރުކާރުގެ ބައެއް ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން (ޕީސީބީ) އަށް ފޮނުވައިފިއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ އާބަންކޯ އާއި ވެމްކޯ އާއި އާސަންދަ އާއި އެންސްޕާގެ އިތުރުން ރީޖަނަލް އެއާޕޯޓްސް އަދި ފެނަކައާ ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ބޭފުޅުން އައްޔަން ކުރަން ޕީސީބީއަށް ފޮނުވާފައިވާ ކަމަށެވެ.
ކުންފުނިތަކަށް އައްޔަންކުރާ ބޭފުޅުން:
- ފަޒުލް ރަޝީދު: އާބަންކޯ
- މުޖުތަބާ ރަޝީދު: ވެމްކޯ
- ހީނާ ވަލީދު: އެންސްޕާ
- މުހައްމަދު އަބްދުލް ކަރީމް: އާސަންދަ
- ފެނަކަ: މުއާޒު މުހައްމަދު ރަޝީދު
-ރީޖަނަލް އެއާޕޯޓްސް: އަހްމަދު މުބީން
- ޕީއެސްއެމް: ޒީނާ ޒާހިރު
މި ބޭފުޅުންގެ އިތުރުންވެސް ބައެއް އެހެން ކުންފުނިތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ބޭނުންތެރި ކަމެއް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
އެމްޑީޕީގެ ޗެއާޕާސަން ހޮވަން ވޯޓުލާން ފަށައިފި
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި