ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުލްމަންނާން ޔޫސުފާއި އަލީ ރަޝީދު ދިވެހި ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާއި ގުޅިގެން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ފަރުހާދު ފިކުރީ ހަމަޖައްސައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވެފައިވާ ގޮތުގައި ގާނޫނުގައި ބުނެފައިވާ ފަދައިން ޕޮލިސް ކޮމިޝަނަރަކު ވަރަށް އަވަހަށް އައްޔަން ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން. އެ އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖައްސައިފައިވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި މިހާރު ބަޔާން ކޮށްފައިވާ ގޮތުގައި ސީޕީގެ މަގާމު ހުސްވެއްޖެ ނަމަ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އައު ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.
ކޮމިޝަނަރު އައްޔަންކުރާނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ ޕޮލިސް ބޯޑުން ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، ވަޒީރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަގާމަށް އައްޔަންކުރެވޭއިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި ފަރާތަކަށްވާންވާނެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަޤާމަށް ކުރިމަތިލާން ހުޅުވާލުމަކީ ވަޒީރުގެ ޒިންމާއެކެވެ. ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައެވެ. އެ މަގާމުގެ މުއްދަތަކީ ހަތަރު އަހަރު ދުވަހެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ