ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދެއްވަވައިފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ވިސްނުން ޔާމީނާ ތަފާތުވެ، އެމަނިކުފާނާ ދުރަށް އެބޭފުޅުން ޖެހިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ކުރިއަށްދާނެ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
އެއާއެކު ރޭ މުޅި ސޯޝަލް މީޑިއާ އިން ފެނިގެން ދިޔައީ ރައީސް މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގެ ދިފާއުގައި ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާއި ވަޒީރުން ނިކުންނެވި މަންޒަރެވެ. މީގެތެރޭގައި ކުރީގެ ރައީސް ޔާމީނާ ގާތް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމީނާ އަރިސް ބޭފުޅުންގެ ތެރޭގައި މިހާރުގެ ނާއިބު ރައީސް ހުސައިން ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް މިއަދު ހުސައިން ވެސް ހުންނެވީ އެހާމެ ބުރަކޮށް ގެނައި މި ސަރުކާރު ދިފާއު ކުރެއްވުމަށް ތައްޔާރަށެވެ.
ނައިބް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވެރިކަމަކީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް އެތައް ބައެއްގެ ބުރަ މަސައްކަތުން ގެނެވުނު ވެރިކަމެއް ކަމަށެވެ. ރައްޔިތުން ޑރ. މުއިއްޒުގެ ތަސައްވަރު އިހުތިޔާރުކުރައްވާފައިވާ ކަމަށާއި ރައީސް އިސްކުރައްވާނީ ރައްޔިތުންގެ މަސްލަތު ކަމަށް ހުސައިން ވިދާޅުވިއެވެ.
"ވީމާ މިވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ނަފާވެރި ވެރިކަމަށް ހެދުމަށް އެމަނިކުފާނާ އެކު ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވަން،" ހުސައިން ވިދާޅުވިއެވެ.
ޕީޕީއެމުން އިސްތިއުފާ ދެއްވައި، އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރީގެ ރައީސް ޔާމީން ނިންމަވާފައިވާއިރު އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އަންނަ އާދީއްތަ ދުވަހު އެދޭނެ ކަމަށްވެއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި