ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް މުޙައްމަދު ފަހުމީ ހަސަން އައްޔަންކުރެއްވިތާ ހަތަރު ދުވަސްފަހުން އެ މަގާމުން އޭނާ ވަކިކޮށްފިއެވެ.
ފަހުމީ އަށް ސްޓޭޓް މިނިސްޓަރުކަން ދެއްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ. "ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި ސަރުކާރަށް ކުރިމަތިވި ފާޑު ކިޔުންތަކާއި ގުޅިގެން އޭނާ އަށް އިސްތިއުފާ ދިނުމަށް އެންގުނެވެ. ނަމަވެސް އޭނާ ސަރުކާރުގެ އެ އެންގުމާއި އެއްގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ.
"މަގާމުން ވަކި ކުރަން ޖެހުނީ އެ ސަބަބާއި [އިސްތިއުފާ ނުދިނުމުން] ގުޅިގެން،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ފަހުމީ އަކީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވިއިރު އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އެ ކޮމިޝަނުގެ ރައީސާ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރެއްވި ބޭފުޅެކެވެ.
ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އޭނާ އެ މަގާމުން ވަކިކުރި ނިންމުން ބާތިލް ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ