އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި ކަމުގެ ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަންދުކުރި ލަމްހާ ދޫކޮށްލާފައި ވަނީ ތިން މަސް ދުވަހަށް ޝަރުތުތަކަކާއެކުގައެވެ. އެގޮތުން ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުމަށް ލަމްހާ އަށް ވަނީ މަނާ ކޮށްފައެވެ. އަދި ރަށުން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުމަށް ވެސް ޖެހެއެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ލަމްހާ ވަނީ ޓެގު އަޅުވާފައި ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދިފައެވެ.
މި މައްސަލާގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ. ލަމްހާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.
ލަމްހާ ބަންދުން ދޫކޮށްލުމަށް ދައުލަތުން އިއުތިރާޒު ކުރެއެވެ. އެގޮތުން ލަމްހާ ބަންދުކުރި ސަބަބަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ދައުލަތުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ