ހުސްވެފައިވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު ކަމުގެ މަގާމަށް އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބު ކުރައްވައިފިއެވެ.
އެ މަގާމަށް ކުރިމަތިލެއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ބިގޭ އަށް 28 ވޯޓު ލިބިވަޑައިގެންނެވިއިރު ބިގޭއާ އެންމެ ގާތުން އެންމެ ގިނަ ވޯޓު ދެން ލިބިވަޑައިގަތީ ޖާބިރަށެވެ. އޭނާ އަށް 20 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ޣަނީ އަށް ލިބިވަޑައިގަތީ ދެ ވޯޓެވެ.
އެމްޑީޕީން އެޕާޓީގެ ޕީޖީ ލީޑަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރެއްވުމާއި ގުޅިގެންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ