މިސްކިތްތަކާއި ބެހޭ ގައުމީ މަޖިލިސް އަލުން އެކުލަވާލުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިނިސްޓަރު ޝަހީމް ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވަން ވައުދުވެފައިވުމާއެކު، މިސްކިތްތަކާބެހޭ ގައުމީ މަޖްލިސް އަލުން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.
އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސްތިޝާރީ ލަފާދޭ މަޖްލީހެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ ރާއްޖޭގައި ހާހެއްހާ މިސްކިތް ހުންނަ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ 14 ހަފްތާގެ މަގުޗާޓުގައި ވެސް މިސްކިތްތަކަށް ހާއްސަ އަހައްމިޔަތު ކަމެއް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް މިހާރު އޮންނަ ބަޖެޓު ބޮޑު ކުރުމަށް ވެސް ނިންމާފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ