ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައިގެން އެޕާޓީ ބަދުނާމުކޮށް ބައިބައި ކުރާކަމުގެ ތުހުމަތުގައި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ޕީޕީއެމ އިން ސަސްޕެންޑުކޮށްފިއެވެ.
ޕީޕީއެމްގެ ދެ ނައިބް ރައީސުން ކަމަށްވާ ޑިފެންސް މިނިސްޓަރު ޢައްސާން މައުމޫން އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސޮއިކުރައްވާ މަލީހަށް ފޮނުވާފައިވާ ސިޓީގައި ވަނީ އޭނާ ޢަމަލުތަކުން ޕާޓީ ބައިބައިކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސެނެޓަރެއްގެ މަޤާމުގައި ހުންނަވާ މަލީހުގެ ޕާޓީ ބައިބައި ކުރަން މަސައްކަތް ކުރާ ކަމަށް ޕާޓީގެ ލީޑާޝިޕަށް ފާހަގަވެފައިވާ ކަމަށްވެއެވެ.
މަލީހަށް ފޮނުވި ސިޓީގައި ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕަށް އަދި ސެނެޓަށް އެންގުމަކާއި ނުލައި، އަމިއްލަފުޅު ކޮމެޓީތައް އުފައްދަވައި ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ޕާޓީގެ އެއްވެސް މަޝްވަރާއެއް ނެތި ޕްރެސް ކޮންފަރެންސް ބާއްވާފައިވާ ކަމަށެވެ. އަދި އެ ޕްރެސް ކޮންފަރެންސް ލީޑު ކުރައްވައި ޕާޓީ ބަދުނާމު ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެކަންކަމާއި ގުޅިގެން އެ ޕާޓީގެ އަސާސީ ޤަވާއިދުގެ 8 ވަނަ މާއްދާއިން ޕާޓީ ލީޑާޝިޕަށް ލިބޭ ބާރުގެ ދަށުން، މަލީހު ޕާޓީގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށް، ޕާޓީގެ ސުލޫކީ ކޮމެޓީއަށް މައްސަލަ ފޮނުވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިހާރުން ފެށިގެން ސުލޫކީ ކޮމެޓީން ގޮތެއް ނިންމަންދެން ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ވަނީ އަންގާފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި