ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެގޮތުން އެ މަގާމަށް ރައީސް މުއިއްޒު އައްޔަން ކުރެއްވީ، އިބްރާހީމް ޢަބްދުއްރައްޒާގު ހަލީމްއެވެ. ހަލީމް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ގޮތުގައި ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ފަޟީލަތުއްޝެއިހް މުހައްމަދު ލަތީފެވެ. އެމަގާމަށް އޭނާ އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައެވެ.
މީގެކުރިން ވެސް ޝެއިހް ލަތީފު ވަނީ އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ މަގާމު ފުރުއްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ