މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާފައެވެ. ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތު ނިމުނުއިރު މަޣްރިބު ނަމާދުގެ ވަގުތު ގާތްގަނޑަކަށް ވަނީ ޖެހިފައެވެ. އާއްމު ގޮތެއްގައި ރައީސްކަމުގެ ހުވާ ކުރައްވާ ބޭފުޅުން އަވަސްވެ ގަންނާނީ ރައީސް އޮފީހަށް ވަޑައިގެން ކެބިނެޓު އެކުލަވާލުމުގެ މަސައްކަތެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު އަވަސްވެވަޑައިގަތީ މަޣްރިބު ނަމާދަށް ބަންގި ގޮވުމުން ނަމާދު ކުރުމަށެވެ. އެމަނިކުފާނު ވަނީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މަޣްރިބު ނަމާދު ކުރައްވާފައެވެ. އިމާމުވެ ނަމާދު ކުރެއްވީ ރައީސް މުއިއްޒުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރައީސް މުއިއްޒަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ވެރިކަމުގެ 100 ދުވަހުގެ މަގުޗާޓުގައި މިސްކިތްތަކަށް ދައުލަތުގެ ބަޖެޓުން ހޭދަ ކުރާ ފައިސާގެ އަދަދު އިތުރު ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.
ވެރިކަމުގެ ހުވާ ކުރައްވާ ދިވެހި ގައުމާ މުހާތަބު ކުރައްވަމުން ވެސް އެމަނިކުފާނު ވަނީ އަހްލާގާ ދީން ދިވެހި ދަރިންގެ ގައިގާ އަށަގެންނެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމަނިކުފާނުގެ ވެރިކަމުގައި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޒުވާނުންގެ ހިތުގައި ދީނީ ލޯބި އިތުރު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު