ކުރިޔަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ، ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ކުރިޔަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައީސްކަމުގެ ހުވާ ޑރ. މުއިއްޒަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.
ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ޑރ. ކުރިމަތިލެއްވުމުގެ ކުރިން ޑރ. މުއިއްޒު ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަގާމުގައެވެ. ރައީސްކަމާއި ހަވާލުވެލެއްވުމަށް އެ މަގާމުން މުއިއްޒު އިސްތިއުފާ ދެއްވީ މިއަދުއެވެ.
ޑރ. މުއިއްޒަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރީ ވެރިކަމުގެ 55 އަހަރުގެ ހަޔާތުގައި އަށް ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.
މުއިއްޒަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރުކަން ޖުމްލަ ހަތް އަހަރު ދުވަސް ވަންދެން އަދާ ކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނު ވަނީ ސްޓްރަކްޗާ އިންޖިނިއަރިން ދާއިރާއިން ޑިގްރީ، ސިވިލް އިންޖިނިއަރިން ދާއިރާއިން މާސްޓާޒް އަދި ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި