މިއަދު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.
މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމުގައި އެމަނިކުފާނު ހުންނެވި މުއްދަތުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
"މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރު ކަމުގައި ހިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް، މާތް ރަސްކަލާނގެ އިރާދަފުޅާއެކު، އެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދެއްވާނެ ކަމަށެވެ.
މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު ފެށިގެން ދާނީ މިއަދު ހަވީރު 16:00ގައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ