ކުރިޔަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމާއި މާދަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ އުފަލުގައި މާލޭގައި މާދަމާ ހަވާ އަރުވާ ގޮތަށް ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ އުފަލުގައި މާދަމާ ރޭ 21:00ގައި މާލޭގައި ހަވާ އަރުވާނެ ކަމަށެވެ. ހަވާ އަރުވާނީ އިއްޒުއްދީން ފާލަން ސަރަހައްދުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ. ހަވީރު 16:00ގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ފެށޭއިރު މިހާރު ކުރިޔަށް ދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޭރު ގައުމުތަކުގެ އިސްވެރިންގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ