އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުމަށްޓަކައި ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ އިދާރާތަކަށް އައު އޮނިޑަނޑު ފޮނުވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާ ސިފައިންގެ މުސާރަ ބޮޑުކުރުމަށް، ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. މާޅޮހަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން ބޮޑު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
"މި ގެނެވޭ ބަދަލާއެކީ ވަރަށް ބޮޑުތަނެއް ބައެއް ދާއިރާއިން ބޮޑުވެގެން އެބަދޭ. މިސާލަކަށް ފުލުހުންގެ ކޮންސްޓަބަލްއަކަށް މިހާރު ލިބޭ މުސާރަ އަކީ 11،000 ރުފިޔާ އެހެން ނަމަވެސް މި ގެނެވޭ ބަދަލާ އެކީ، އެއީ އެންމެ އާދައިގެ ވަޒީފާ 15،000 މަދުވެގެން ބޮޑުވެގެންދާނެ. އެވްރޭޖްކޮށް ކޮންމެ މީހެއްގެ މުސާރަ 40 ޕަސެންޓުގެ އިތުރުވުމެއް އަންނާނެ" ރައީސް އެރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އެކި ދާއިރާތަކުގެ މުސާރަތައް ބޮޑު ކުރުމަށް 500 މިލިއަނެއްހާ ރުފިޔާ ވަނީ ހިމަނައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ދެން ސިވިލް ސަރވަންޓްގެ މުސާރަ މިއަށްވުރެ އިތުރު ނުކުރަނީތަ؟ ހެޔޮނުވާނެ
ނިކަމެތި ސިވިލްސާވަންޓް