މާދަމާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ނިންމަވައިފިއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އެދި ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ދައުވަތު ވެސް ފޮނުއްވައިފައެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ނިންމާ އެކަން މަޖިލިސް އިދާރާ އަށް އަންގައިފައެވެ.
އެކަމުގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު އެފަދަ ކަރާމާތްތެރި، އަދި ހައިބަތުބޮޑު ޖަލްސާއެއްގައި ބައިވެރިވުމަކީ، އެ ޖަލްސާގެ ކަރާމާތާއި ހައިބަތަށް އުނިކަން ލިބޭނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދި އެއީ ތަހުޒީބީ މުޖުތަމައުތަކުގައި ވެސް ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް އެމަނިކުފާނު ނިންމެވީއެވެ.
ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ޖެހިގެން އައި އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ގޭ ބަންދަށް ބަދަލު ކުރައްވާފައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އެމަނިކުފާނު ރަށު ބަންދަށް ބަދަލުކުރެއްވިއެވެ. އެއާއެކު އެމަނިކުފާނު ވަނީ ބައެއް ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް ކަރެކްޝަނުން ވަނީ އެފަދައިން ޔާމީންގެ އަމަލުތައް ހުންނަވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން
ސިޓީ ޕާކް މިމަހު ނިޔަލަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: އާޒިމް
އުންމީދަކީ އުފާވާ ޖަވާބުތަކެއް ސަރުކާރުން ލިބިގެންދިއުން: އިމްރާން