އަންނަ ހުކުރު ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ އެންމެ ފުރަތަމަ 14 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންކަން އިއުލާން ކުރައްވައިފިއެވެ.
ދަރުބާރުގޭގައި މިރޭ އޮތް ރަސްމިއްޔާތުގައި "ހަފްތާ 14"ގެ ނަމުގައި އިއުލާންކުރި މި މަގުޗާޓު ނެރެދެއްވީ އިންތިހާބީ ރައީސް މުއިއްޒުއެވެ.
މި މަގުޗާޓުގައި 8 ދާއިރާއަކުން ޖުމްލަ 168 ވައުދެއް ހިމަނާފައިވާއިރު އެންމެ ފުރަތަމަވެސް އޮތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރު ކުރުމުގެ މަސައްކަތެވެ. އަދި އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ގޮތަށް ހުރި ބައިތައް އުނި ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަލުން ހޯދުމަށް އިޓްލޮސް އަށް އިސްތިއުނާފުގެ މައްސަލަ ހުށަހެޅުންވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ކެމްޕެއިންގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އިންތިހާބުން މޮޅުވެ ބޭއްވި ހަފްލާއާ ހަމައަށް މުއިއްޒު ދެއްކެވި ވާހަކަތައް، ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ