ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާ އަސްލަމް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.
އެ ރަސްމިއްޔާތުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން، މުހައްމަދު އަސްލަމަށް ވަނީ ހަވާލުކުރައްވައިފައެވެ.
އަސްލަމް މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި މަޖިލިސް ޖަލްސާގައެވެ. އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވީ 53 ވޯޓުންނެވެ. އޭނާއާ އެކު، އެ މަގާމަށް ވާދަ ކުރެއްވި ޑިމޮކްރެޓްސްގެ މެމްބަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
އަސްލަމަކީ 2005 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ފަސް މަޖިލީހަކަށް އޭނާ އިންތިހާބުވެވަޑައިގެންނެވިއެވެ. މެދުކެނޑުމެއްނެތި މަޖިލިސް ބަލަހައްޓަވާތީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ތެރޭގައި ވެސް އަސްލަމް ހިމެނިވަޑައިގަންނަވައެވެ.
އޭނާއަކީ މިހާރު ހިނގަމުންދާ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އިތުރުން އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރެވެ. އޭނާ ވަނީ މަޖިލީހުގައި ގިނަ ކޮމެޓީތަކުގައި މެމްބަރުކަން ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ