ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ހުންނަވަނިކޮށް މަޖިލީހުގެ ރިޔާސަތު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ހަވާލު ކުރި މައްސަލާގައި މަޖިލިސް ހޫނުވެ، ޖަލްސާ މެދުކަނޑާލައިފިއެވެ.
މަޖިލީހުގެ މެންދުރު ދަންފަޅީގެ ޖަލްސާ ފެއްޓެވިއިރު މަޖިލިސް ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފެވެ. ޖަލްސާ ފެއްޓެވިއިރު އީވާ އިންނަވާ ގޮނޑިކޮޅުގައި އޭނާ ފެންނާކަށް ނެތެވެ. ނަމަވެސް ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވަނީސް އަޑުއިވިގެން ދިޔައީ އީވާ ނިޒާމީ ނުކުތާއަކަށް އެދިވަޑައިގެންނެވި މަންޒަރެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ ފުރުސަތު ނުދެއްވާ އެވަގުތު ވާހަކަދައްކަވަމުން ގެންދެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)ގެ ވާހަކަދެއްކުން ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެއްވިއެވެ.
އީވާ އަށްް ނިޒާމީ ނުކުތާ ނެންގެވުމަށް ފުރުސަތު ނުދެއްވުމުން އަނދުން ހުސައިން ވާހަކަދައްކަވަމުން ގެންދަވަނިކޮށް އޭނާ ކައިރިއަށް ވަޑައިގެން އީވާ ތަޅުމުގައި ހުންނަވަނިކޮށް އެހެން ބޭފުޅަކަށް ރިޔާސަތު ހަވާލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ. އަދި ޝަރީފް ވަނީ ތިން ފަހަރެއްގެ މަތިން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އީވާއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ފަހުން އީވާގެ ނަންވެސް އިއްވެވިއެވެ.
އީވާ މަޖިލިސް ތަޅުމުން ނިކުމެވަޑައިނުގަތުމުން ޝަރީފް ވިދާޅުވީ މިވަގުތު މަޖިލިސް ޖަލްސާ ކުރިޔަށް ގެންދެވޭނެ މާހައުލެއް ނެތުމުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލާ ކަމަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ