ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހިންގާ އިމާރާތަށް ފުލުހުން ވަދެ، ގިނަ އަދަދެއްގެ ހެކިތައް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެތަކެތި މިހާރު އެނަލައިސް ކުރަމުން ގެންދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އާރްޑީސީގެ އޮފީހަށް ވަނީ އާރްޑީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލަ އަކީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ފެންމަތިވި މައްސަލައެކެވެ. އެކަން އެންމެ ފުރަތަމަ ސަމާލު ކަމަށް އައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ކަމަށާއި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ އެ ޔުނިޓުން ކަމަށްވެއެވެ.
އާރްޑީސީގެ ސީއެފްއޯ އަކަށް ހުންނެވީ ޔާސިރު ހަސަނެވެ. އޭނާ އާއި މޫކޭ އަކީ އެއް ރަށަކަށް ނިސްބަތްވާ ގާތް ދެ ރަހުމަތްތެރިންނެވެ.
ނަމަވެސް އޭރު ދެކެވުނު ހުރިހާ ވާހަކަތަކެއް އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) އާއި އެކުންފުނީގެ ސީއެފްއޯ ޔާސިރު ވެސް ވަނީ ދޮގު ކުރައްވައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ