ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފިއެވެ.
މީގެތެރޭގައި ފުލުހުންގެ އިސް އޮފިސަރުންތަކަކަށް އެސިސްޓެންޓް ކޮމިޝަނަރު ކަމުގެ ރޭންކު ދީފައިވާއިރު ގިނަ އަދަދެއްގެ އެހެން ރޭންކުތަކުގެ ފުލުހުންނަށް ވެސް ޕްރޮމޯޝަން ދީފައިވާކަން "ހަތާވީސް" އަށް ވަނީ އެނގިފައެވެ. މިގޮތަށް ޕްރޮމޯޝަން ދީފައި މިވަނީ ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވަނިކޮށެވެ. އަދި އޭސީސީން ވެސް ފުލުހުންނަށް ވަނީ އެކަން ނުކުރުމަށް އަންގައިފައެވެ.
އެކަމަކު އޭސީސީގެ އެ އެންގުމަކީ އެއްވެސް ގާނޫނަކާއި ހަވާލާނުދީ ފޮނުވި އަމުރެއް ކަމަށް ވާތީ އެ އަމުރަށް ތަބާވާން ނުޖެހޭނެ ކަމަށް ޕީޖީން ފުލުހުންނަށް އަންގާފައިވެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެޕްރޮމޯޝަން ތަކަކީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އިއުލާނުކޮށް، ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.
"ޕްރޮމޯޝަން އޭރު ހަވާލުނުކުރީ އިންތިހާބު ކައިރިވެފައި އޮތުމުންނާއި އެކަމުގެ ސަބަބުން ނޭދެވޭ ތަސައްވުރެއް އުފެދިދާނެ ކަމަށް ދެކޭތީ" އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ އެ ޕްރޮމޯޝަން ތަކަކީ ފުލުހުންގެ ޚިދުމަތުގެ މަގާމުގެ ކުރިއެރުން ދިނުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ދެމުން ގެންދާ ޕްރޯމޯޝަން ތަކެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ