އަންނަ ހުކުރު ދުވަހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަންހެން ކަނބަލުން އައްޔަން ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާތަކުގެ އިސްވެރިންނާއި ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގެ މަތި ފަޑީގައި އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށް މީގެކުރިން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެކަން ކުރައްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ 8 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަންހެން ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޕީއެސްއެމްގެ އެމްޑީއަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. މަދުވެގެން ދައުލަތުގެ އަށް އެސްއޯއީތަކުގެ އެމްޑީއަކަށް ވަޑައިގަންނަވާނީ އަންހެން ބޭފުޅުން. އެމްއެންޔޫގެ ވައިސް ޗާންސެލަރަކަށް ވެސް އަންނާނީ އަންހެން ބޭފުޅެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް އަންހެން މެންބަރުން އިތުރުވެގެން ދިއުމަކީ އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒަރެއް ކަމަށް ވިދާޅުވެފައެވެ. މީގެކުރިން އެމަނިކުފާނު ވަނީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެން މެމްބަރުން އިތުރު ކުރުމުގެ ގޮތުން 20 އިންސައްތަ ޓިކެޓް އަންހެން މެމްބަރުންނަށް ޚާއްސަކޮށް، މަޖިލީހަށް އިންތިހާބުވެއްޖެ ނަމަ ހާއްސަ އިނާޔަތެއް ދޭން ވިސްނަވާކަމަށް ވިދާޅުވެފައެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި