ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ހިންގާ އިމާރާތަށް ފުލުހުން ވަދެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އާރްޑީސީ އޮފީސް ހިންގާ އިމާރާތަށް ވަދެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މިކަމާއި ގުޅިގެން އާރްޑީސީގެ އޮފިޝަލަކު މިއަދު "ހަތާވީސް" އަށް ވިދާޅުވީ ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި އެ އޮފީހުގެ ލިޔެކިއުންތައް ބަލަމުން އަންނަ ކަމަށެވެ.
އާރްޑީސީ ހިންގާ އިމާރާތަށް ފުލުހުން ވަދެފައި މިވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން އެކުންފުނީގެ އެތައް މިލިއަން ރުފިޔާއަކަށް ހިޔާންތެރިވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އެގޮތުން އާރްޑީސީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.
އެކަން އެންމެ ފުރަތަމަ ސަމާލު ކަމަށް އައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އަށް ކަމަށާއި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައީ އެ ޔުނިޓުން ކަމަށްވެއެވެ.
އާރްޑީސީގެ ސީއެފްއޯ އަކަށް ހުންނެވީ ޔާސިރު ހަސަނެވެ. އޭނާ އާއި މޫކޭ އަކީ އެއް ރަށަކަށް ނިސްބަތްވާ ގާތް ދެ ރަހުމަތްތެރިންނެވެ.
ނަމަވެސް އޭރު ދެކެވުނު ހުރިހާ ވާހަކަތަކެއް އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) އާއި އެކުންފުނީގެ ސީއެފްއޯ ޔާސިރު ވެސް ވަނީ ދޮގު ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ