އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމުގެ ޖަލްސާއަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހުރަސް އަޅަން ފައްޓަވައިފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ގެންދަވަނިކޮށް، ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އަމީރު ވަށާލައި، އޭނާގެ ވާހަކަފުޅު ދެއްކެވުމަށް ހުރަސް އަޅުއްވާފައެވެ. މިނިސްޓަރު އަމީރަށް ހިމާޔަތް ދިނުމަށް ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ވެސް އޭނާގެ އަރިހުގައި އެބަ ތިއްބެވެ.
މިއަދަކީ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ރިޔާސަތުގައި އިންނަވައިގެން ބާއްވާ ފުރަތަމަ ޖަލްސާއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަމީރު ވަނީ މިއަހަރަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހަޅާފައެވެ.
އަންނަ އަހަރަށް ލަފާކޮށް، ދައުލަތުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓް މަޖިލީހުން ފާސްކުރަންޖެހޭނެއެވެ.
ދެހާސްސައުވީސް ވަނަ އަހަރުގެ ބަޖެޓަކީ އާ ސަރުކާރުގެ ހުށަހެޅުންތަކާ އެކު، ހުށަހަޅާފައިވާ ބަޖެޓެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ