ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެތައް ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން އުޅެ ނުބޭއްވިވަނިކޮށް، އެމަނިކުފާނު އިސްތިއުފާ ދެއްވުމުން އެ މަޖިލީހަށް އާ ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މިރޭ ބާއްވަން އެޖެންޑާކޮށްފިއެވެ.
ޖަލްސާ ބާއްވަން އެޖެންޑާކޮށްފައި ވަނީ މިރޭ 10 ޖަހާއިރުއެވެ.
މަޖިލީހަށް އާ ރައީސެއް އިންތިހާބު ކުރުމުގެ ޖަލްސާގެ އެޖެންޑާ އާންމު ކުރީ މިރޭ ކުއްލި ގޮތަކަށެވެ. ބައެއް މެމްބަރުން އެ ޖަލްސާއަށް ވަޑައިގެންނެވީ އިންތިހާބީ ރައީސާ އެކު މިރޭ ބޭއްވި "ނޫސްވެރިންގެ ގުންޒަރު" ހަފްލާގައި ތިއްބަވަނިކޮށެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މަޖިލީހަށް އާ ރައީސެއް އިންތިހާބު ކުރުމެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މަގާމުން އިސްތިއުފާދެއްވާފައިވާތީ، އެ މަގާމަށް މެމްބަރަކު އިންތިހާބުކުރުމުގެ މައްސަލަ،" މަޖިލީހުގެ އެޖެންޑާގައި ބުނެފައިވެއެވެ.
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކަނު ބަނދެވި ތިބެ މިދަނީ އަނދަވަޅަކަށް ވެއްޓެން: ނަޝީދު
އެޕްސްޓީން ފައިލްގެ މައްސަލާގައި ވަހީދު އިސްތިއުފާ ދެއްވައިފި
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ