ޔޫރަޕް ގައުމުތަކުގެ ތެރެއިން، ޝެންގެން ވިސާގައި ދަތުރުކުރާ މީހުންނަށް ރާއްޖޭގައި ތިބެގެން އިތުރު ތިން ގައުމަކަށް ވިސާ ނެގޭނެ ގޮތް ހަދައިފިއެވެ.
ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރުމުގައި ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް މާލޭގައި ވީއެފްއެސްގެ ގްލޯބަލް ޖޮއިންޓް ސެޝަންގެ ވިސާ އެޕްލިކޭޝަން ސެންޓަރެއް ހުޅުވީ 2020 ވަނ އަހަރުއެވެ. ވީއެފްއެސް މާލެ ވިސާ ސެންޓަރާއި ރަސްމީކޮށް ސްވިޒަލެންޑުން މިދިޔަ އޮގަސްޓުގައި ވަނީ ގުޅިފައެވެ.
އެ ސެންޓަރު މެދުވެރިކޮށް ސްވިޒަލެންޑް، ބެލްޖިއަމް، ނެދަލެންޑް، ޕޮލެންޑް، ލަގްޒެމްބޯގް އަދި ސްލޮވީނިއާ އަށް ޝެންގަން ވިސާއަށް އެޕްލައި ކުރެވޭނެ ގޮތަށް ވަނީ ހަދައިފައެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުތަކުގެ އިތުރުން އިއްޔެއިން ފެށިގެން ފްރާންސް އާއި ސްޕެއިން އާއި ޕޯޗުގަލްގެ ޝެންގަން ވިސާއަށް މާލޭގައި ހުންނަ ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން ދިވެހިން ޝެންގަން ވިސާ ނަގަން ދާން ޖެހެނީ އަވަށްޓެރި ސްރީ ލަންކާއަށެވެ. އެކަމަކު 2019ވަނަ އަހަރު ރާއްޖޭގައި ތިބެގެން ޝެންގަން ވިސާއަށް އެޕްލައިކޮށް ވަގުތީ ވިސާއެއް އޭރު ފޮރިން މިނިސްޓްރީން ދޫކުރިއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން