ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ނައިބު ރައީސް އީވާ ފައިބާ ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
ގާސިމް އެގޮތަށް ގޮވާލެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވުމަށް ދަ ޑިމޮކްރެޓްސްގެ މެމްބަރުން މަޖިލީހުގައި އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށެވެ.
ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދަނީ އަމީންއާންމު އެޖެންޑާކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށާއި ނަމަވެސް މަސްލަހަތު ފުށޫއަރާތީ، ރިޔާސަތުގައި އީވާއަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަސްލަހަތު ފުށޫއަރާ ކަމަށް ގާސިމް އިޝާރާތް ކުރެއްވީ ނަޝީދަކީ އީވާގެ ބޭބޭފުޅަށްވުުން، އީވާ ރިޔާސަތުގައި އިންނަވައިގެން އިންސާފުވެރިކަމާ އެކު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެތީއެވެ.
"ތިތަނުން ފައިބާ ވަޑައިގަންނަވާ. މަޖިލީހުގެ ނައިބު ރައީސަކަށް ތި މައްސަލައެއް ނުބެއްލެވޭނެ. އެއީ އެތައް ގޮތަަކުން ކަމަނާއާ ދޭތެރޭގައި އިތުބާރު ގެއްލިފައިވާތީ،" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ތީނަ އަކީ ލަދެއް ހަޔާތެއް ނެތް އިޒްރާއީލު ބައިގަޑު މީހެއް
ޙަޥާސަ