ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހަމަޖައްސައި ދިން ފައިސާ އަކީ މި ސަރުކާރުން މާކުރިން ހަމަޖައްސާފައިވާ ހުރި ފައިސާއެއް ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.
ދާދިފަހުން އަމިއްލަފުޅު ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެން އިންތިހާބީ ރައީސް މުއިއްޒު ވަނީ ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމުން އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަނީ އެ ދަތުރުފުޅުގައި އެއާޕޯޓުގެ މަސައްކަތް ނިންމުމަށް 80 މިލިއަން ޑޮލަރު ދިނުމަށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެެފްޑީ) އިން ނިންމި ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތައް މީޑިއާ އަށް ތިލަވުމާއެކު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ ފައިސާއަކީ މި ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ އެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް ނިމި، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިސަރުކާރަށް އެގައުމުން ދީފައިވާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އެ ފައިސާ އަކީ އެމަނިކުފާނު ހުށަހަޅުއްވައިގެން ހަމަޖެހިގެން ދިޔަ ފައިސާއެއް ކަމަށެވެ.
"އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް. އޭގެ ކުރިން އެއްވެސް ކަމެއް ކޮށްފައި އޮތް ކަމެއް ނޫން. އެ ބައްދަލުވުމުގައި [މުއިއްޒު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި] ނިމުނު ކަމެއް،" އެއާޕޯޓު މަޝްރޫއު ނިންމުމަށް ޔޫއޭއީ އިން ދިން 80 މިލިއަން ޑޮލަރާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ފާހަގަކުރެއްވި ގޮތުގައި އެވާހަކަ މީޑިއާގައި އިއުލާން ކުރެއްވީ ވެސް ޔޫއޭއީ ސަރުކާރުގެ އިސްވެރިންގެ ހުއްދައާއެކު ކަމަށެވެ.
"އަޅުގަނޑު ގާތުގައި ދެންނެވީ އިއުލާން ކުރައްވާށޭ، ކަމާ ގުޅޭ އުސޫލުގެ ތެރެއިން މިހާރުވެސް އަބޫދާބީ ފަންޑުން ފައިސާ ދޭ އުސޫލުން ތިމަންނާމެން ފިނޭންސް މިނިސްޓްރީއާ ގުޅިގެން ފައިސާ ދޫކުރާނަމޭ،" އިތުރަށް ތަފްސީލް ކޮށްދެއްވަމުން އިންތިހާބީ ރައީސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާ ސައުދީ ބިންލާދީ ގްރޫޕްގެ ސްކޯޕުގެ ތެރޭގައި ހުރި މަސައްކަތްތަކުގެ 54 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެއާޕޯޓުގެ މަސައްކަތް ނިންމާ ބޭނުން ކުރެވޭ ވަރު ކުރުމަށް ކަމަށާއި އެއާޕޯޓުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދާނެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހޮލި މުއީޒު އެކައުންޓުގައި ހުރިއެޗެއްތަ ނަގައިގެންތަ ތިޔައައިީ އެއްވެސް ލިޔެކިއުމެއްނަހަދާ ކޮނދުނިޔެއަކުން އެގޮތަށް ފައިސާ ދެނީ ހޮލިމުއީޒު ހަމަދޮގުއެހަދަނީ
ޖާނޭ