ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރިޔަށް ގެންދާ ޖަލްސާގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް ބެލެހެއްޓުމުގެ ފުރުސަތު ނުދިނުމަށް އިމްތިޔާޒު ކޮމެޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ފަރާތުން ވަނީ އިމްތިޔާޒު ކޮމެޓީ އަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަދި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުގެ މައްސަލައެއް ހުށަހަޅާފައެވެ. އެގޮތުން އަފީފާ ގުޅޭ ގޮތުން ހުށަހެޅުއްވީ ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ކަމަށް ބުނެ، އެ ގަރާރު މަޖިލީހުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ އަފީފް ނިންމި ނިންމުމަކީ މެންބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލައެވެ. އީވާއާ ގުޅޭ ގޮތުން ހުށަހެޅުއްވީ ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަން އީވާ އިއުލާން ކުރެއްވުމުން މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ މައްސަލައެވެ.
އެ ކޮމެޓީގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހެޅުއްވީ ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުން ނުދިނުމަށެވެ. އިކްރާމްގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.
އިކްރާމްގެ އެ ހުށަހެޅުއްވުން އެވަގުތު ކޮމެޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރިއެވެ. އަދި އެކަން މަޖިލީހުގެ އާއްމު ކޮމެޓީއާ ވަނީ ހިއްސާ ކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ