ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަން މަޖިލީހުގެ ނާއިބު ރައީސް އީވާ އިއުލާން ކުރައްވައިފިއެވެ.
ނަޝީދުގެ ގަރާރު ހުށަހެޅިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ ގަރާރު މަޖިލީހުގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމާއެކު މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރިއެވެ.
މިއަދުގެ ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވީ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް ގަރާރު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަމާއި އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވިދާޅުވެ، ޖަލްސާ އަށް ހުރަސް އަޅުއްވައިފައެވެ.
އަދި ރިޔާސަތުގައި އިންނެވި އަފީފް ވަނީ ފަހުން އެ ގަރާރު ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވި ކަމަށްވެސްވެއެވެ.
އޭގެފަހުން މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ތާވަލުކުރިއެވެ. ފަހުން ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ހަމައަށް އެޖެންޑާ ކުރިއިރު އާލާސްކަންފުޅާ އުޅުއްވި މަޖިލީހުގެ ނާއިބު ރައީސް އީވާއެވެ.
އީވާ ވަނީ ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުނު ޖަލްސާގައި ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ވިދާޅުވެފައެވެ.
"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް،" އީވާ ވިދާޅުވިއެވެ.
މިކަމުގައި މަޖިލިސް އިދާރާގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް