އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވުމުން އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފިއެވެ.
އެކްސްގައި ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވަނީ 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު ކަމަށާއި އެހެންކަމުން އެކަން އިހްތިރާމާއެކު ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވިއިރު ރައީސް ސޯލިހު ޖުމްހޫރީ ދުވަހު ދިވެހި ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތާބުގައި މިއަދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މީގެކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގޮސްފައި ހުރީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެން ދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ.
"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން،" ރައީސް ސޯލިހުގެ ވަދާއީ ހިތާބުގައި ވިދާޅުވިއެވެ.
		
										
										
		
		
		
														
							
								ގެއެއްގެ ވައިގޮޅިއަކަށް ވެއްޓުނު ބިދޭސީ މީހަކު މަރުވެއްޖެ								
														
							
								ހުއްދަ ނެތި ސިނގަރޭޓު ވިއްކާނަމަ އެންގުމަށް އެދިއްޖެ								
														
							
								ރައީސް މުއިއްޒު ފުވައްމުލަކާއި އައްޑޫއަށް								
														
							
								"ހިތްފަސޭހަ، ސާފު ތަނެއްގެ ގޮތުގައި މާލެ ބޭއްވުމުގެ ޒިންމާ ބޮޑު"								
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް